ގާފަރު ކައުންސިލްގެ އިދާރާ
ގާފަރަކީ މާލެއަތޮޅުގައި ހިމެނޭ އެހެން ރަށްރަށާއި އަޅާބަލާއިރު މާލެއާއި ދުރުގައި އޮންނަ ރަށެކެވެ. ބިމުގެ ބޮޑުމިނުން ބަލާނަމަ، އަތޮޅުގެ އެހެން ރަށްތަކާ އަޅާބަލާއިރު ނިސްބަތުން ކުޑަ ރަށެކެވެ. ނަމަވެސް، ރަށާ ގުޅިފައިވާ ބުރުލު ފަޅަކީ މުޅި ދިވެހިރާއްޖޭގައިވެސް ފާހަގަކޮށްލެވޭ، ޤުދުރަތީ މުއްސަނދިކަމުން ފުރިގެންވާ ބޮޑު ފަޅެކެވެ. މާލެއިން ފުރައިގެން ސްޕީޑް ލޯންޗެއްގައި ގާތްގަނޑަކަށް އެއް ގަޑިއިރުގެ ތެރޭގައި ވާސިލުވެވޭ މި ރަށަކީ، ޒަމާނުއްސުރެ މަސްވެރިކަމުގައި ފާހަގަކޮށްލެވޭ ރަށެކެވެ. މީގެ އިތުރުން، ފަހަކަށް އައިސް ފަތުރުވެރިކަމުގެ ދާއިރާއިންވެސް އަވަސް ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ރަށެއްގެ ގޮތުގައި ގާފަރު ފާހަގަކުރެވެއެވެ.
1640އާބާދީ
200ގޭބިސީ
5ވިޔަފާރި
23.61ބިމުގެ ބޮޑުމިން
ޚަބަރު / ނޫސްބަޔާން
އިތުރު ޚަބަރުތައްކައުންސިލް ޕްރޮޖެކްޓްތައް
އިތުރު ޕްރޮޖެކްޓްތައްއާންމު އިޢުލާން
އިތުރު އިޢުލާންތައް 14 ޖަނަވަރީ 2025
14
ޖަނަވަރީ
ބަނދަރުގައި ތަކެތި ބެހެއްޓުމަށް ކައުންސިލުން ކަނޑައަޅާފައިވާ ސަރަހައްދު ފިޔަވައި ބަނދަރު ސަރަހައްދުގެ އެއްވެސް ތަނެއްގައި އޮޑި ދޯނިފަހަރާއި ލޯންޗް، ޑިންގީ ފަދަ އުޅަނދުތައް ގެންގުޅުއްވާ ފަރާތްތަކާއި އަދި މިނޫންވެސް އާއްމު އަމިއްލަ ފަރުދުންގެ އެއްވެސް އެއްޗެއް ބަހައްޓާފައި ވާނަމަ 17 ޖަނަވަރީ 2025 ވާ ހުކުރު ދުވަހުގެރޭ 12:00 ގެ ކުރިން އެތަކެތީގެ ވަރިފަރާތުން ބަނދަރު ސަރަހައްދުން ތަކެތި ނެންގުމަށް ދަންނަވަމެވެ.
14 ޖަނަވަރީ 2025
18 ޖަނަވަރީ 2025 ގަޑި :
09 ޖަނަވަރީ 2025
9
ޖަނަވަރީ
މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، "މަސްޖިދުލް ޙަޟާރަތު" ގެ ވަށަފޫޓް ފާރު ތަޅާލުމަށްފަހު އަލުން ރޭނުމާއި މިސްކިތުގެ ބައެއް މަރާމާތުގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
09 ޖަނަވަރީ 2025
19 އޯގަސްޓް 2025 ގަޑި : 11:00
